15 ޕަސެންޓުގެ ޑިސްކައުންޓާއެކު އެސްޓީއޯ ފިނިފިނި ހިޓާޗީ ޕްރޮމޯޝަން ފަށައިފި

އެސްޓީއޯ ފިނިފިނި ހިޓާޗީ ޕްރޮމޯޝަން ފަށައިފި -- ފޮޓޯ/ އެސްޓީއޯ

އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިއްކާ ހިޓާޗީ ބްރޭންޑްގެ އެއާ ކޮންޑިޝަނާ "ފިނިފިނި ހިޓާޗީ" ޕްރޮމޯޝަން ފަށައިފިއެވެ.

ހުކުރު ދުވަހު ރަސްމީކޮށް މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާންއެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިން ގެނެސްދޭ ހިޓާޗީ އެއާ ކޮންޑިޝަނިންގެ ޕްރޮޑަކްޓްތަކުގެ މި ޚާއްސަ ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެެވެ.

އެސްޓީއޯ ފިނިފިނި ހިޓާޗީ ޕްރޮމޯޝަން ފަށައިފި -- ފޮޓޯ/ އެސްޓީއޯ

މި ޕްރޮމޯޝަންގައި ހިޓާޗީ އެއާ ކޮންޑިޝަންގެ ޕްރޮޑަކްޓުތަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

މީގެއިތުރުން، 1000 ރުފިޔާއިން މަތީގެ ކޮންމެ މުއާމަލާތަކަށް ޚާއްސަ ކޫޕަނެއް ލިބިގެންދާނެ ކަމަށެވެ.

އަދި ޕްރޮމޯޝަންގެ ލަކީ ޑްރޯ ވިނާއަކަށް 30,000 ރުފިޔާގެ ހޯމް އެޕްލައިންސް ސާމާނުގެ ޕެކޭޖެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯ ފިނިފިނި ހިޓާޗީ ޕްރޮމޯޝަން ފަށައިފި -- ފޮޓޯ/ އެސްޓީއޯ

ހިޓާޗީ ބްރޭންޑްގެ އެއާ ކޮންޑިޝަނާތަކަކީ ރިނުވެބަލް އެނާޖީ ލޭބަލް ލިބިފައިވާ، ތިމާވެށްޓާ ރައްޓެހި އަދި ކަރަންޓު ޚަރަދު ކުޑަ އުފެއްދުންތަކެއްކަން އެސްޓީއޯއިން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް