ޑިލޭތަކަކަށްފަހު އަނެއްކާ ވެސް ޖީޓީއޭ އަހަރަކަށް ފަސްކޮށްފި

---

މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒު ކުރަމުން އަންނަ އަހަރުގެ އެންމެ ބޮޑު ވީޑިއޯ ގޭމް ކަމަށްވާ ގްރޭންޑް ތެފްޓް އޮޓޯ-6 ނުވަތަ "ޖީޓީއޭ 6" އަނެއްކާ ވެސް ފަސްކޮށްފިއެވެ.

ރޮކްސްޓާ ގޭމްސް އިން ތައްޔާރުކުރާ ކުރާ ޖީޓީއޭ އަކީ އެންމެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ގޭމް ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ އެއް ގޭމް ސީރީޒެވެ. އެއާއެކު އެތައް ބަޔަކު އިންތިޒާރު ކުރަމުން އައީ މި އަހަރަށެވެ. މި އަހަރަކީ ގިނަ ޑިލޭތަކަކަށް ފަހުވެސް އެންމެފަހުން އާންމުންނަށް ގޭމް ފެންނާނެ އަހަރު ކަމުގައި ރޮކްސްޓާ ގޭމްސްއިން މީގެ ކުރިން ޔަގީންކަން ދީފައިވެއެވެ.

ނަމަވެސް ދާދިފަހުން ޕްރޮޑަކްޝަނުން އަނެއްކާ ވެސް ގޭމް ވަނީ ޑިލޭކޮށްފައެވެ. ރޮކްސްޓާ ގޭމްސް އިން ހާމަކޮށްފައިވާގޮތުގައި މިހާރު ގޭމް ނެރުމަށް ތައްޔާރުވާ ތާރީހަކީ އަންނަ އަހަރުގެ މެއި މަހުގެ 26އެވެ. އެއީ އަހަރަކަށްވުރެ ބޮޑު ޑިލޭއެކެވެ.

ގޭމްގެ ރިލީޒްގެ ވާހަކަތައް ދައްކަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް ޑިލޭވަމުން އަންނަ ވަމުން މިކަން ވެފައިވަނީ ގޭމަރުންގެ ތެރޭގައި ބޮޑު ޖޯކަކަށް ވެފައެވެ. އެތައް ބަޔަކު ބުނަނީ ދުނިޔޭގެ އެތައް ކަންތައް ހިނގަމުން އަންނައިރު ހީނުކުރާ ކަންތައްވާއިރު ވެސް މި ގޭމް ރިލީޒް ނުކުރެވޭ ކަމަށެވެ.

ގޭމް ރިލީޒް ކުރުން ފަސްކުރާއިރު މި ގޭމް އަކީ ގޭމިން އިންޑަސްޓްރީއަށް ބޮޑު ބަދަލެއް ގެންނާނެ ގޭމެއް ކަމަށް ބުނެއެވެ. އެއީ މި ގޭމަކީ މިހާތަނަށް ނެރޭ އެންމެ އަގުބޮޑު އެއް ގޭމަށްވުން އެކަށީގެންވާތީއެވެ.

ލީކްތަކުން ބުނާގޮތުގައި މި ގޭމަކީ 100 ޑޮލަރަށް ނެރޭ ފުރަތަމަ ގޭމަށް ވެދާނެ ކަމެވެ. މިކަމާ ފޭނުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޖީޓީއޭގެ ފްރެންޗައިޒް އިން އޮރިޖިނަލް ބައެއް އެންމެ ފަހުން ނެރެފައިވަނީ 2013 ވަނަ އަހަރުގައެވެ. ޖީޓީއޭ ފްރެންޗައިޒްގެ އެންމެ ފުރަތަމަ ގޭމް ނެރެފައިވަނީ 1997 ވަނަ އަހަރުގައެވެ.

comment ކޮމެންޓް