އިންގްލިޝް ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން ނިމުމުން ކޯޗު ކަމާ ދުވަސް ކޮޅަކަށް ދުރަށްދާނެކަން ހާމަކޮށްފިއެވެ.
އީއެސްޕީއެން އާ ވާހަކަ ދައްކަމުން ޕެޕް ބުނީ ކޯޗު ކޮށްދިނުމުން ރިޓަޔާ ކުރުމާ މެދު ގޮތެއް ނިންމާފައިނުވާ ކަމަށާއި ގައިމުވެސް ކޯޗު ކޮށްދިމުން ބްރޭކެއް ނަގާނެ ކަމަށެވެ. އެހެން ބުނި ނަމަވެސް އޭނާ ސިޓީ ދޫކޮށްލާނެ އިރެއް ނުވަތަ އެ ކްލަބާ ދުރަށްދާނެ އިރެއް ހާމަކޮށްފައެއް ނުވެއެވެ.
ޕެޕް ބުނިގޮތުގައި އޭނާ ބްރޭކެއް ނަގާނީ ސިޓީގެ ބައި ނިމުމުންނެވެ. ނަމަވެސް ވަކި ދުވަހެއް ނުބުނެއެވެ. އެ ކަމަށް އަހަރުތަކެއް ވެދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ޕެޕް މި ސީޒަންގައި ވަނީ ސިޓީގައި އިތުރު ދެ އަހަރު މަޑު ކުރަން ނިންމާ 2027 ވަނަ އަހަރުގެ ނިޔަލަށް ކޮންޓްރެކްޓް އާކޮށްފައެވެ. އެ އަހަރާ ހަަމައަށް ޕެޕް ވާނީ ސިޓީގައި 11 ސީޒަން ހޭދަކުރެވިފައެވެ. ޕެޕް ވަނީ އޭނާ އެންމެ ފުރަތަމަ ކޯޗު ކޮށްދިން އެފްސީ ބާސެލޯނާގެ ހަތަރު އަހަރަށްފަހު ވެސް އެއް އަހަރުގެ ބްރޭކެއް ނަގައިފައެވެ.
ޕެޕްގެ ކޯޗުކަމުގެ ދަށުން ސިޓީ ވަނީ އެ ކްލަބްގެ އެންމެ ކާމިޔާބު އަހަރުތައް ގުނާފައެވެ. މި ގޮތުން ވޭތުވެދިޔަ ނުވަ ސީޒަންގެ ތެރެއިން ހަ ސީޒަންގައި ސިޓީ ވަނީ ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައެވެ. އަދި ކްލަބްގެ ތާރީހްގައި ފުރަތަމަ ފަހަރަށް ވަނީ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލާފައެވެ.
މީގެ އިތުރުން ލީގު ކަޕާއި އެފްއޭ ކަޕްގެ ތަށީގެ އިތުރުން ކްލަބް ވޯލްޑް ކަޕްވެސް ސިޓީއިން ވަނީ ޕެޕްގެ ކޯޗުކަމުގެ ދަށުން ކާމިޔާބު ކޮށްފައެވެ.