ޖުމެއިރާގެ އާ ރިސޯޓެއް އަންނަ މަހު ހުޅުވަނީ

އަންނަ މަހު ޖުމެއިރާ މޯލްޑިވްސް ހުޅުވަން ވަނީ ތައްޔާރުވެފަ -- ފޮޓޯ: ޖުމެއިރާ ގްރޫޕް

ދުބާއީގެ މަޝްހޫރު ހޮޓެލް ގްރޫޕު ޖުމެއިރާއިން އަންނަ މަހު އެކެއްގައި ރާއްޖޭގައި އާ ރިސޯޓެއް ހުޅުވާނެކަން އިއުލާންކޮށްފިއެވެ.

ޖުމެއިރާ ގުރޫޕުން "ޖުމެއިރާ މޯލްޑިވްސް"ގެ ނަމުގައި އާ ރިސޯޓު ހުޅުވަނީ މީގެ ކުރިން ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓް ހިންގި ކ. އޮޅަހަލީގައެވެ.

ޖުމެއިރާ ގުރޫޕުގެ ވެބްސައިޓުގައިވާ ގޮތުން މާލެއިން އެ ރިސޯޓަށް ލޯންޗުގައި ނުވަތަ ސީޕްލޭންގައި ދެވޭނެއެވެ.

އެ ރިސޯޓުގައި 67 ބީޗް އަދި އޯވާ-ވޯޓާ ވިލާ ހަދާފައިވާ އިރު އޭގެ ތެރެއިން ކޮންމެ ވިލާއެއްގައި ޕްރައިވެޓް އިންފިނިޓީ ޕޫލްއަކާއި ޓެރަސްއެއް ހަދާފައިވެއެވެ.

އެ ރިސޯޓުގައި ފަތުރުވެރިންނަށް ވޯޓާ ސްޕޯޓްސް އާއި ބީޗު ވޮލީބޯޅަ އާއި ޓެނިސް ކުޅެވޭނެއެވެ. އަދި ކަނޑުއަޑީގެ ފޮޓޯ ނެގުމާއި ރުއް އިންދުމާއި ކާށި ތެޔޮ ތައްޔާރު ކުރުން ތަފާތު ހަކަރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް އެމީހުންނަށް ލިބޭނެކަން އެ ރިސޯޓުން ފާހަގަކުރިއެވެ.

comment ކޮމެންޓް